ޚަބަރު


ސަޢޫދީ ސަރުކާރުން ދެއްވާ ޙައްޖު ދަތުރަށް ހޮއްވަވާފައިވާ ފަރާތާ ކޮމިޝަނުން ބައްދަލުކުރައްވައިފި

September 15, 2013

މި އަހަރުގެ ޙައްޖުގެ އަޅުކަން ހިނގަމުންދާގޮތް ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ހަދިޔާކޮށްފައިވާ ޙައްޖުދަތުރަށް އެ ފަރާތުން ހޮއްވަވާފައިވާ ވީ.ޓީ.ވީގެ ޑިރެކްޓަރ އޮފް ރޭޑިއޯ އަޙްމަދު ރަމީޒާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބައްދަލުކުރައްވައިފިއެވެ.

ވީޓީވީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފި

September 5, 2013

ވީޓީވީގެ 5 ވަނަ އަހަރީ ދުވަހުގެ މުނާސަބާތުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ތަހުނިޔާ ފޮނުވައިފިއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަންގެ މަސައްކަތްތައް ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ ހިއްސާކޮށްފި

September 4, 2013

ރާއްޖެ ވަޑައިގެން އުޅުއްވާ ކޮމަންވެލްތްގެ އިލެކްޝަން އޮބްޒާވަރުންގެ ޓީމާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސައްކަތްތައް ހިއްސާކުރައްވައިފިއެވެ.

ރާއްޖޭގެ ރީބްރޯޑްކާސްޓް ނެޓްވާކްތަކުގައި ދިވެހި ޗެނެލްތައް ހިމެނުމަށް ކޮމިޝަނުން އިލްތިމާސްކޮށްފި

September 1, 2013

ރާއްޖޭގެ ރީބްރޯޑްކާސްޓަރުންގެ ނެޓްވާކްތަކުގައި ހުރިހާ ދިވެހި ޗެނެލްތައް ވެސް ހިމެނުމަށް މަސައްކަތްކުރުމަށާއި އަދި ވަކިން ޚާއްސަކޮށް ރައްޔިތުން ބަލަން ބޭނުންވާ ޗެނެލްތައް ހިމެނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ.

ސާފް ޗެމްޕިއަންޝިޕް ގެ ބްރޯޑްކާސްޓިންގ ރައިޓްސް އާ ގުޅޭ ގޮތުން އެމްބީސީ އިން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އަގުވެއްޓޭ ގޮތަށް ޝާއިޢުކޮށްފައިވާ ބަޔާނެއް: ކޮމިޝަން

August 28, 2013

ސާފް ޗެމްޕިއަންޝިޕްގެ ބްރޯޑްކާސްޓިނގ ރައިޓްސް އާއި ގުޅޭގޮތުން އެމްބީސީން ނެރެފައިވާ ބަޔާނަކީ ކަމުގެ ހަގީގަތް ބަލަންވާ ވަރަށް ނުބައްލަވައި، އާންމު ރައްޔިތުންނަށް މައުލޫމާތު އޮޅޭ ގޮތަށް އަދި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަގުވެއްޓޭ ގޮތަށް ޝާއިއުކޮށްފައިވާ ބަޔާނެއްކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފިއެވެ.