March 27, 2018
މިއީ، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމާއި، ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
March 1, 2018
މިއީ، 8 ޑިސެންބަރު 2017 ގެ 22:02-22:05 އަށް ވީ.އެފް.އެމް އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ވީ.އެފް.އެމް އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލާފައިވާ މައްސަލައެކެވެ.
March 1, 2018
މިއީ، 8 ޑިސެންބަރު 2017 ގެ 22:02-22:05 އަށް ވީ.ޓީ.ވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ވީ.ޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަންގެ އިސްނެގުމުގެ މަތިން ބަލާފައިވާ މައްސަލައެކެވެ.
February 22, 2018
މިއީ، ހޮލިޑޭ އިން ރިސޯޓް ކަނޑޫމާ މޯލްޑިވްސްގައި، މޯލްޑިވްސް މީޑިއާ އެންޓަރޓެއިންމަންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑުން ރައިޓްސް ނެތް ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމާއި، ރައިޓްސް ނެތް ޗެނަލް ފޯރުކޮށްދެމުންދާކަމުގެ ހެކި ފޯމާއެކު ހިމަނާފައިވާނެ ކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.
February 20, 2018
މިއީ، އާ އަހަރު ފާހަގަކުރުމުގެ ނަމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.އައި.ޓީ.ޑީ.ސީ އިން އިންތިޒާމުކޮށްގެން ބޭއްވި އާ އަހަރު ފާހަގަ ކުރުމުގެ ހަފްލާ ފަބްލިކް ސަރވިސް މިޑިއާގެ ޓީ.ވީ.އެމް ޗެނަލްއިން ލައިވްކުރެވިފައި ވާކަމާއި، މި ޕްރޮގްރާމް ލައިވް ކުރަމުން ދިޔައިރު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު (16/2010) އަދި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އާއި ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި ޚިލާފަށް ދީނީ ގޮތުންނާއި އިޖްތިމާއީ މިންގަޑާއި ޚިލާފަށް ކޮންޓެންޓް ފޮނުވާފައިވާ ކަމަށްބުނެ މިކަން ތަޙުޤީޤުކޮށްދެއްވާ އެ ސްޓޭޝަނާއި މެދު ފިޔަވަޅު އަޅުއްވައިދެއްވުން އެދި މި ކޮމިޝަނަށް ހުށަހަޅައިފައިވާ މައްސަލައެކެވެ.