ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-5/2016)

April 6, 2017

މިއީ، 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 1 އަދި 2 ގައި ބަޔާންކޮއްފައިވާ މިންވަރަށް އަބުރަށް އަރައި ގަނެފައިވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ހިނދު އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތީތީވެ، މިކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2017)

March 28, 2017

މިއީ، އިހަވަންދޫ ކޭބަލް ޓީވީ ސަރވިސަރސްގެ ފަރާތުން ވަޔަރލެސްކޮށް ހއ. މާރަންދޫ، ހއ. ވަށަފަރު އަދި ހއ. ހޯރަފުއްޓަށް ކޭބަލްޓީވީގެ ޚިދުމަތް ދޭކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-96/2016)

March 7, 2017

މިއީ، 19 ނޮވެންބަރު 2016 ގައި ރާއްޖެ ޓީވީއިން ގެނެސްދިން 14:00 ،16:00 އަދި 20:00ގެ ޚަބަރުގައި، ސ. ހިތަދޫގައި ހިނގި ރޭޕް މައްސަލައަކާއި ގުޅިގެން އެ މައްސަލައިގައި ހިމެނޭ ކުއްޖާގެ އާއިލާގެ މީހުން ފަސާހަތު ހުސެއިން އެ މައްސަލަ އޮއްބާލަން މަސައްކަތްކޮށް އެ މައްސަލަ ބެލުމަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކުރާކަމަށް ބުނެފައިވާއިރު، އެ މައްސަލައާ ގުޅިގެން ފަސާހަތު ހުސެއިނާ އެއްވެސް ސުވާލެއް ނުކޮށް ފަސާހަތު ހުސެއިންގެ ފުރިހަމަ ނަން ރާއްޖެ ޓީވީގެ ހުރިހާ ޚަބަރެއްގައި ކިޔާފައި ވާތީ އަދި ފަސާހަތު ހުސެއިންއަކީ ސޯޝަލް ވޯކަރަކަށްވެފައި ވަރަށް ގިނަ އާއިލާތަކާއި އެކު މަސައްކަތްކުރާތީ ޚަބަރުގައި އެފަދަ ވާހަކައެއް ތެދު ދޮގު ނުބަލައި ކިޔުމުން ފަސާހަތު ހުސެއިނަށާއި ފަސާހަތު ހުސެއިންގެ އާއިލާއަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2017)

February 14, 2017

މިއީ، ވީޓީވީ އިން 2 ފެބުރުވަރީ 2017ގެ މެންދުރު ނަމާދު ވަގުތު ވުމުގެ ކުރިން ނަމާދު ވަގުތުގެ ބަންގި ބްރޯޑްކާސްޓްކޮށްފައިވާތީ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-95/2016)

January 5, 2017

މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑުން ށ. މާއުންގޫދޫގައި ދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރައިޓްސް ލިބިފައިނުވާ ޗެނަލްތައް ބޭނުންކޮށްގެން ރިބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދޭ ކަމަށާއި މީޑިއާނެޓުގެ ލައިސަންސް ނެތި ވަކި ލޯގޯއެއް ނާރާގޮތަށް ސިއްރުވެރި ގޮތެއްގައި ޗެނަލްތައް ރިބްރޯޑްކާސްޓްކުރާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.