ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-94/2016)

June 13, 2017

މިއީ، ހއ. ހޯރަފުށީގައި ބިޒްނެޓް ޕްރައިވެޓް ލިމިޓެޑުން ދެމުންގެންދާ ކޭބަލް ޓީވީގެ ޚިދުމަތުގައި ޗެނަލް ވެރިފަރާތުގެ ހުއްދަ ނެތް ޗެނަލްތަކެއް ދައްކަމުން ދާކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-85/2016)

June 13, 2017

މިއީ، އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ޔުނިޓުން ތައްޔާރުކޮށް،07 ސެޕްޓެމްބަރ 2016ގައި “މީޑިއާ ނެޓް” އިން ރީބްރޯޑްކާސްޓްކޮށްފައިވާ “ސްޓީލިންގ ޕެރަޑައިސް” ޑޮކިއުމެންޓްރީއަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތުގެ މުހިންމު އަސާސްތަކަށް ލޮޅުންއަރުވާލުމުގެ މަޤްޞަދުގައި ޚިޔާލީ އަދި ބުހުތާނު ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށް ރީބްރޯޑްކާސްޓްކޮށްފައިވާ ޑޮކިއުމެންޓްރީއެއްކަމަށްބުނެ، ޑޮކިއުމެންޓްރީގައި ހިމެނޭ ބައެއް ކޮންޓެންޓްއަށް ރިޢާޔަތްކޮށް، މިއީ ފަރުދީ އަދި ޤައުމީ ޒިންމާ މިކަންކަމުގައި އެކުލެވިގެންވާ ކަމެއްކަމަށާއި، މިކަމުގެ ސަބަބުން ގައުމަށާއި، ދައުލަތަށާއި ރައްޔިތުންނަށް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ބުނެ މިކަމުގައި ޒިންމާދާރުކަން ކުޑަ ގޮތެއްގައި ޚަރަކާތްތެރިވި ބްރޯޑްކާސްޓަރުންނާއި، ރިބްރޯޑްކާސްޓަރުނާއި މެދު ޤައުމީ ނިސްބަތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާއިދެއްވުން އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-01/2017)

April 20, 2017

މިއީ، ލަސްޓްރަމް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މާއުނގޫދޫގައި ފޯރުކޮށްދޭ ކޭބަލް ޓީވީގެ ޚިދުމަތުގައި ރިބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18ވަނަ މާއްދާގައިވާ ފަދަ ހުއްދަނެތި (ޗެނަލް ވެރިފަރާތާއި ދެމެދުވެފައިވާ އެއްބަސްވުމެއްނެތި) ޗެނަލްތައް ރިބްރޯޑްކާސްޓްކުރާކަމަށާއި މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑުގެ ހުއްދަނެތި އޭ.އެކްސް.އެން، އެނިމެކްސް އަދި ސޮނީ ޗެނަލް ދޫކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-5/2016)

April 6, 2017

މިއީ، 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭތީ، އަބުރު ރައްކާތެރި ކޮއްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ހ)ގެ 1 އަދި 2 ގައި ބަޔާންކޮއްފައިވާ މިންވަރަށް އަބުރަށް އަރައި ގަނެފައިވާކަމަށް ކޮމިޝަނަށް ގަބޫލުކުރެވޭ ހިނދު އެ މައްސަލަ ކޮމިޝަނުން އިސްނަގައިގެން ކުރިޔަށް ގެންދިއުމަށް ހުރަހެއް ނެތީތީވެ، މިކޮމިޝަނުން ތަޙްޤީޤުކުރި މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2017)

March 28, 2017

މިއީ، އިހަވަންދޫ ކޭބަލް ޓީވީ ސަރވިސަރސްގެ ފަރާތުން ވަޔަރލެސްކޮށް ހއ. މާރަންދޫ، ހއ. ވަށަފަރު އަދި ހއ. ހޯރަފުއްޓަށް ކޭބަލްޓީވީގެ ޚިދުމަތް ދޭކަމަށް ބުނެ، ހުށަހަޅާފައިވާ މައްސަލައެކެވެ.