ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-166/2013)

December 17, 2013

މިއީ، ވީޓީވީން 17 ނޮވެމްބަރ 2013ވަނަ ދުވަހުގެ ރޭ 10:00 ން 11:00 ފޮނުވި ޕްރޮގްރާމްގައި “ސީމެގްގައި ތިބި ހައެއްކަ ކެނައިން ” މިހެން ކިޔާފަވާ ކަމަށް އަދި ކޯޑާ ހިލާފު ކޮންޓެންޓް ގެނެސްދީފާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-160/2013)

December 17, 2013

މިއީ، ރާއްޖެ ޓީވީން 19 އޮކްޓޯބަރ 2013ވަނަ ދުވަހުގެރޭ ފޮނުވި “މަގޭ ރިޕޯޓް” ގައި ރާއްޖޭގެ ފަނޑިޔާރުންގެ އަގު ވެއްޓޭގޮތަށް އަދި ފަނޑިއާރުންނާ މުހާތަބު ކުރަން ނުވާގޮތަށް ހަގީގަތާ ޚިލާފް ވާހަކަ ދައްކާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-13/2013)

December 17, 2013

މިއީ، ސުޕްރީމް ކޯޓް ނަންބަރު 4/2013/427/197-ci 21) އޮކްޓޯބަރ 2013) ފޮނުވި ސިޓީގައި، 19 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީއިން ފޮނުވި މަގޭ ރިޕޯޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ފޮނުވާފައި ކޮންޓެންޓެއް ކަމަށް ބުނެ ހުށަހަޅާފައި ވުމާ ގުޅިގެން ކޮމިޝަންގެ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-155/2013)

December 4, 2013

މިއީ، ޓިވީއެމް އިން 17 ސެޕްޓެމްބަރ 2013ގައި ލައިވްކުރި ” އަންދަލުސް” ގެ ދަރުސްގައި ދީނީ އިލްމުވެރިން ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދެއްކެވި ވާހަކަފުޅުތައް ގެނެސްދިން އިރު ސާފުކޮށް އަޑު ނީވުމާއި، އާދަޔާ ޚިލާފަށް އަދި މިއިން ދުވަހަކުވެސް ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި އަޑަށް ދިމާވެފައިވާކަން އެނގިފައިނުވާ މިންވަރަށް އަޑު ކަނޑަކަނޑައިގެން ގޮސްފައިވާތީ މިކަމަކީ ތެދު މައުލޫމާތު ހާމަކުރުމާ އިންސާވެރިވުމުގެ އުސޫލާ ޚިލާފުވުމުގެ އަމަލެއް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-5/2013)

November 26, 2013

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 21/އެސް.ސީ.އޭ 2012 ޤަޟިއްޔާއާ ޙަވާލާދީ ކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ރާއްޖެޓީވީން 2012 ސެޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހުގެ ޚަބަރުގައި ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.