February 11, 2014
ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރިތާ ދެ އަހަރު ދުވަސް ހަމަވާއިރު ބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފަށާފައިނުވާ ފަރާތްތަކުގެ ލައިސަންސް ބާތިލްވާނެކަން ހަނދާންކޮށްދީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ސަރކިއުލާއެއް އާންމުކޮށްފި އެވެ.
February 6, 2014
ރައީސުލްޖުމްހޫރިއްޔާ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި، ރާއްޖޭގެ ބްރޯޑްކާސްޓިން ދާއިރާ އަށް އެހީތެރިކަން ހޯއްދަވައިދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދަންނަވައިފި އެވެ.
January 27, 2014
ސީޝެލްސްގެ މީޑިއާ ކޮމިޝަނުގެ ޗެއަރޕާސަން އަދި ސީއީއޯ އިބްރާޙިމް އަފީފް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.
January 7, 2014
ލައިސަންސް ނެތި ޤާނޫނާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ (ކޭބަލް ޓީވީގެ ޚިދުމަތްދޭ) ތަންތަން ބަންދުކުރުމާ ބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އުމަރު ނަސީރާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.
January 1, 2014
މި ފެށޭ މީލާދީ އައު އަހަރުގެ މުނާސަބަތުގައި ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރީންނަށާއި އެހުންތެރީންނަށް ހެޔޮއެދުމާއި ތަހުނިޔާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ. މި މުނާސަބަތާގުޅިގެން ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ނެރުއްވި މެސެޖްގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް އައު އަހަރާ ކުރިމަތިލާއިރު މިހާރަށް ވުރެ ޒިންމާދާރުކަމާއެކީ ބްރޯޑްކާސްޓްކުރުމަށް އަޒުމު ކަނޑައެޅުމަށް ވެސް ގޮވާލެއްވިއެވެ.