ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-03/2019)

October 10, 2019

މިއީ، ލައިސަންސްނެތި ހއ. ފިއްލަދޫ ފެހިވިދުވަރުގޭގައި ވީޑިއޯ ސެންޑަރެއް ބަހައްޓައިގެން ހުރިހާ ޓީވީ ޗެނަލްތަކެއް ރަށުގެ އެހެނިހެން ގޭގެތަކަށް ފޮނުވަމުންދާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-12/2019)

October 2, 2019

މިއީ، 2019 ވަނަ އަހަރުގެ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތް ދިވެހިރާއްޖޭގައި ދެއްކުމުގެ ހުއްދަ ދެވިފައިވާ ހަމައެކަނި ފަރާތަކީ އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑުކަމަށް ބުނެ، މި މުބާރާތް ދެއްކުމުގެ ރައިޓްސް ނެތި އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން ޅ.ނައިފަރުގައި މި މުބާރާތް ދައްކާ މައްސަލަ ބަލައި މިކަމުގެ ސަބަބުން އައިލެންޑް ކޮމިއުނިކޭޝަން އެންޑް އެންޓަރޓެއިންމަންޓް ޕްރައިވެޓް ލިމިޓެޑަށް ލިބެމުންދާ މާލީ ގެއްލުން ހުއްޓުވުމަށްޓަކައި ވީހާ އަވަހަކަށް އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑް (އެން.ސީ.އެން) އިން މި މުބާރާތް ދެއްކުން ހުއްޓުވައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-06/2019)

October 2, 2019

މިއީ، މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް (ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތެއް) އިން ‘އައިސްޓީވީ’ އަކީ  އެފަރާތުގެ ޗެނަލެއްކަމަށް ބުނެފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-03/2019)

September 16, 2019

މިއީ، ރާއްޖެ ޓީވީއިން 19 އެޕްރީލް 2019، 12 އޭޕްރީލް 2019، 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި “އެ އލތނ”، “ޅއ” މިފަދަ ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާތީއާއި ޢާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން ބަލާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-01/2019)

August 20, 2019

މިއީ، ޗޮއިސް އެންޑް ޕްލަސް އިން ހދ. ކުޅުދުއްފުށީގައި ލައިސަންސްނެތި ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.