ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-04/2018)

November 14, 2018

ޝަކުވާ ނަންބަރު: IMCAC-04/2018 ޝަކުވާ ހުށަހެޅި ތާރީޙް: 23 އެޕްރީލް 2018 ހުލާސާ: މިއީ، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.   ނިންމި ގޮތް: ސެޓްލިންކް ޕްރައިވެޓް ލިމިޓެޑުން ހއ. ވަށަފަރުގައި ލައިސަންސްނެތި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރާ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައާ ގުޅިގެން، ސެޓްލިންކް ޕްރައިވެޓް ލިމިޓެޑަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތުތަކެއް ދެވިފައިވާކަމާއި؛ މައްސަލައަށް ޖަވާބުދާރީވެ ސެޓްލިންކް ޕްރައިވެޓް […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-17/2018)

October 28, 2018

ޝަކުވާ ނަންބަރު: IMCAC-17/2018 ޝަކުވާ ހުށަހެޅި ތާރީޙް: 09 މެއި 2018 ހުލާސާ: މިއީ، ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް ދައްކަމުންދާ ކަމަށާއި، އެ މެޗުތައް ދައްކަނީ ކޮން ޗެނަލެއް މެދުވެރިކޮށް ކަން އެނގެން ނެތްކަމަށާއި، އެއީ ދިރާގުޓީވީ އިން އަމިއްލަ ޗެނަލަކުން ބްރޯޑްކާސްޓްކުރަނީ ކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ. ނިންމި ގޮތް: ދިރާގު ޓީވީގެ ޗެނަލް ނަންބަރު 108 އިން އިންޑިއާގައި ކުރިއަށްދާ އައި.ޕީ.އެލް މެޗުތައް […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-10/2018)

October 28, 2018

ޝަކުވާ ނަންބަރު: CAC-10/2018 ޝަކުވާ ހުށަހެޅި ތާރީޙް: 13 އޮގަސްޓް 2018 ހުލާސާ: މިއީ، ހދ. ނޮޅިވަރަންފަރުގައި އެޗްޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް ޗެނަލްތައް އާންމުންނަށް ދޫކުރާކަމަށާއި، ހުއްދަނެތްކަމަށް ފާހަގަކުރެވޭ ޗެނަލްތައް ދޫކުރާކަމަށާއި، ޗެނަލްތައް ދުވަސް ދުވަހުން ބަދަލުކުރާކަމަށް ބުނެ، ހުށަހަޅައިފައިވާ މައްސަލައެކެވެ. ނިންމި ގޮތް: ހދ. ނޮޅިވަރަންފަރުގައި އެޗްޑީ ކޭބަލް ޓިވީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް ޗެނަލްތައް އާންމުންނަށް ދޫކުރާކަމަށާއި، ހުއްދަނެތްކަމަށް ފާހަގަކުރެވޭ ޗެނަލްތައް ދޫކުރާކަމަށާއި، ޗެނަލްތައް ދުވަސް ދުވަހުން ބަދަލުކުރާކަމަށް ބުނެ، […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-35/2018)

September 4, 2018

މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑްގެ “ޗެނަލް 13” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން ކޮމިޝަނަށް ހުށަހަޅައިފައިނުވާތީ އާއި އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-34/2018)

September 4, 2018

މިއީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން، އެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ކޮކޯނާ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ “ސަންގު ޓީވީ” ޗެނަލް އިން ވަގުތު ދިނުމަށް ހަމަޖެހިފައިވާ ގޮތް “އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އާ އެއްގޮތްވާ ގޮތުގެމަތިން އިއުލާނުކޮށްފައި ނުވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.