ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-13/2013)

December 17, 2013

މިއީ، ސުޕްރީމް ކޯޓް ނަންބަރު 4/2013/427/197-ci 21) އޮކްޓޯބަރ 2013) ފޮނުވި ސިޓީގައި، 19 އޮކްޓޯބަރ 2013 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީއިން ފޮނުވި މަގޭ ރިޕޯޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފަށް ފޮނުވާފައި ކޮންޓެންޓެއް ކަމަށް ބުނެ ހުށަހަޅާފައި ވުމާ ގުޅިގެން ކޮމިޝަންގެ އިންޓަރނަލް މޮނިޓަރިންގ އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-155/2013)

December 4, 2013

މިއީ، ޓިވީއެމް އިން 17 ސެޕްޓެމްބަރ 2013ގައި ލައިވްކުރި ” އަންދަލުސް” ގެ ދަރުސްގައި ދީނީ އިލްމުވެރިން ކީރިތި ޤުރުއާނާއި ސުންނަތުގެ އަލީގައި ދެއްކެވި ވާހަކަފުޅުތައް ގެނެސްދިން އިރު ސާފުކޮށް އަޑު ނީވުމާއި، އާދަޔާ ޚިލާފަށް އަދި މިއިން ދުވަހަކުވެސް ޓީވީއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި އަޑަށް ދިމާވެފައިވާކަން އެނގިފައިނުވާ މިންވަރަށް އަޑު ކަނޑަކަނޑައިގެން ގޮސްފައިވާތީ މިކަމަކީ ތެދު މައުލޫމާތު ހާމަކުރުމާ އިންސާވެރިވުމުގެ އުސޫލާ ޚިލާފުވުމުގެ އަމަލެއް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-5/2013)

November 26, 2013

މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 21/އެސް.ސީ.އޭ 2012 ޤަޟިއްޔާއާ ޙަވާލާދީ ކޯޓުގެ ބައެއް ފަނޑިޔާރުން ރިޝްވަތު ނަންގަވާފައިވާކަމަށް ތުހުމަތުކޮށް ރާއްޖެޓީވީން 2012 ސެޕްޓެމްބަރ 15 އަދި 16 ވަނަ ދުވަހުގެ ޚަބަރުގައި ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-159/2013)

November 13, 2013

ރާއްޖެޓީވީން 13 އޮކްޓޯބަރ 2013ގައި ފޮނުވި ލަވައެއްގައި ރާއްޖޭގެ ފަނޑިއާރުންގެ އަބުރުގެއްލޭގޮތަށް އަދި ރައްޔިތުންގެ މަޖްލީހުގެ ބައެއް މެމްބަރުންގެ ގަދަރު އުނިވާގޮތަށް ފޮނުވާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-125/2013)

November 13, 2013

މިއީ، މިނިވަން97 ރޭޑިއޯއިން 20 އޮގަސްޓް 2013 ގެ ހެދުނު 8:55 އިން ފެށިގެން ގެނެސްދިން ކޮންޓެންޓްގައި އެކި ބޭފުޅުންގެ އަބުރަށް ހުތުރުވާ ގޮތަށް ހަޤީޤަތާ ޚިލާފަށް ވާހަކަ ދައްކައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ އަގު ވެއްޓޭގޮތަށް ހަޤީޤަތާ ޚިލާފަށް ވާހަކަ ދައްކައި ވަކި ފަރާތަކަށް ބުރަވެ ކޮންޓެންޓް ގެނެސްދިން ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.