ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-34/2021)

February 23, 2022

މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ށ.ބިލެތްފަހީގައި ދޭކަމަށް ބެލެވޭތީ ބަލައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2021)

January 3, 2022

މިއީ، ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޙިލާފަށް، ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާ މީޑިއާނެޓްއިން އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ކޮންޓެންޓް ރައިޓްސް (ފުޓުބޯޅަ ލީގުތަކުގެ ކޮންޓެންޓް)  ގަނެ ވާދަވެރިންނަށް އެކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2020)

December 13, 2021

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ޤަވާއިދާ ޙިލާފަށް ނޯތް ޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-11/2020)

November 28, 2021

މިއީ، މިއީ،އެޗް.ޑީ ކޭބަލް ޓީވީއިން އެއަރޓެލް،ވީޑިއޯކޮން،ޑައިލޮގް، އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް ހދ.މަކުނުދޫގައި ދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-33/2021)

November 28, 2021

މިއީ، ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށް ށ.ގޮއިދޫގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދޭކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.