ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-11/2021)

November 22, 2022

މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ރީބްރޯޑްކާސްޓްކުރުމުގެ ޤަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް   ގަންގެހި އައިލަންޑް ރިސޯޓް އެންޑް ސްޕަރ / އއ.ގަންގެހީގައި ދެމުންގެންދާކަން ކޮމިޝަންގެ ސަމާލުކަމަށް އައިސްފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-05/2021)

February 23, 2022

ޝަކުވާ ނަންބަރު: CAC-05/2021 ޝަކުވާ ހުށަހެޅި ތާރީޙް: 22 އޭޕްރީލް 2021 ހުލާސާ: މިއީ، ކޭބަލް ޗޮއިސް އަދި ބަޑީސްނެޓް ގުޅިގެން އޭދަފުށީގައި ޤަވާއިދާ ޙިލާފަށް ކޭބަލްޓީވީގެ ޚިދުމަތް ދެމުންގެންދާ ކަމަށް  ބުނެ ހުށަހަޅާފައިވާތީ ބަލައިފައިވާ މައްސަލައެކެވެ. ނިންމި ގޮތް: ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލު ތަޙްޤީޤެއް މި ކޮމިޝަނުން ކުރުމުގައި، ތަޙްޤީޤު ކުރެވެމުންދާއިރު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހާ ޙައްޤުތައް މައްސަލަ ރައްދުވި ފަރާތަށް ލިބިދެވުނުކަން ކަށަވަރުކުރުމުގެ ގޮތުން، މައްސަލަ ރައްދުވާ ކޭބަލް ޗޮއިސް […]

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-34/2021)

February 23, 2022

މިއީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ޤަވާއިދާ ޚިލާފަށް  ލައިސަންސްނެތި  އަދި ކޮންޓެންޓް ރައިޓްސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ބަޑީސްނެޓްގެ ފަރާތުން ށ.ބިލެތްފަހީގައި ދޭކަމަށް ބެލެވޭތީ ބަލައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-06/2021)

January 3, 2022

މިއީ، ދިވެހިރާއްޖޭގެ ރީބްރޯޑްކާސްޓްކުރުމުގެ ޤަވާޢިދުގެ ދަށުން ހެދިފައިވާ އުޞޫލުތަކާ ޙިލާފަށް، ރީބްރޯޑްކާސްޓްކުރުމުގެ ޙިދުމަތް ދެމުންގެންދާ މީޑިއާނެޓްއިން އެކްސްކްލޫސިވްކޮށް ބޭރުގެ ފަރާތްތަކުން ކޮންޓެންޓް ރައިޓްސް (ފުޓުބޯޅަ ލީގުތަކުގެ ކޮންޓެންޓް)  ގަނެ ވާދަވެރިންނަށް އެކޮންޓެންޓް ދެއްކުން މަނާވާނެގޮތަށް އަމަލުކުރަމުންދާކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-17/2020)

December 13, 2021

މިއީ، އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ޤަވާއިދާ ޙިލާފަށް ނޯތް ޒޯން  ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.