November 28, 2021
މިއީ، ޗެނަލް ނިއުސް މޯލްޑިވްސް އިން 22 ޖޫން 2021 ގައި ގެނެސްދިން ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ އަޑާއި މަންޒަރު ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަނުގެ އިސްނެގުމުގެމަތީން ބަލާފައިވާ މައްސަލައެކެވެ.
November 28, 2021
މިއީ، ޗެނަލް 13 އިން 05 އޮގަސްޓް 2021 ވަނަ ދުވަހު ގެނެސްދިން “ހަޖަމް” ޕްރޮގްރާމްގެ ކޮންޓެންޓްގައި ޕްރޮސިކިއުޓަރ ޖެނެރަލްއާ ގުޅޭ ގޮތުން ގެނެސްދީފައިވާ ކޮންޓެންޓްގައި ކޯޑް އޮފް ޕްރެކްޓިސް އާއި ޙިލާފްވާފަދަ ވާހަކަ ގެނެސްދީފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ބަލާފައިވާ މައްސަލައެކެވެ.
September 13, 2021
މިއީ، ދިވެހިރާއްޖޭގައި ލައިސަންސް ލިބިގެން ބްރޯޑްކާސްޓްކުރާ ފަރާތްތަކުގެ ޗެނަލްތައް ފިޔަވާ، ރީބްރޯޑްކާސްޓްކުރާ އެހެނިހެން އެންމެހާ ޗެނަލްތަކަކީ ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާއިން ގިންތިކޮށްފައިވާ ޗެނަލްތަކަކަށް ވާންވާނެކަމަށާއި، އެ ޗެނަލްތައް ރީބްރޯޑްކާސްޓް ކުރަންވާނީ އެ އިދާރާއިން ހުއްދަދީފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށްކަމަށާއި އެ ޗަންލަތައް ގިންތި ކުރެވިފައިވާ ގޮތުގެ މައުލޫމާތު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ފަސޭހައިން ލިބޭނެގޮތް ރީބްރޯޑްކާސްޓްކުރާ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2019/R-179) ގެ 33 ވަނަ މާއްދާގައި ސަރީޚަކޮށް ބަޔާންކޮށްފައިވާއިރު، މީޑިއާނެޓުން މި ގަވާއިދާ ޚިލާފަށް ޗެނަލްތައް ރީބްރޯޑްކާސްޓްކުރާކަމަށް އިތުބާރުކުރެވޭ ސަރުކާރުގެ އިދާރާއަކުން މައުލޫމާތު ލިބިފައިވާތީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކޮމިޝަނުން ރަސްމީ ސިފައެއްގައި ބަލާ ތަޙްޤީޤުކޮށްދިނުމަށް އެދި ހުށަހަޅާފައިވާތީ ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
September 12, 2021
މިއީ، ށ. މާއުނގޫދޫގައި ބަޑީސްނެޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ވީޑިއޯކޮން، އެއަރޓެލް، ޑައިލޮގް އަދި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާކަމަށާއި، އަދި އިންޓަރނެޓް ޕެކޭޖާއެކު ސްޓްރީމް ސާރވިސް އަކުން ޗެނަލްތައް ރީބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް އާގުޅޭ އުސޫލާ ޚިލާފަށް އިންޓަރނެޓް ވަސީލަތް ބޭނުންކޮށް ޗެނަލްތައް ސްރީމްކޮށް ރީބްރޯޑްކާސްޓް ކުރާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ.
August 26, 2021
މިއީ، ޗެނަލް 13 އިން 2021 ފެބްރުވަރީ 26 ވަނަ ދުވަހު ފޮނުވި މުޒާހަރާ ކޮންޓެންޓް އަދި 26، 27 އަދި 28 ވަނަދުވަހުގެ “ހަޖަމް” ޕްރޮގްރާމްގައި ކޯޑް އޮފް ޕްރެކްޓިސް އާ ޚިލާފްވާފަދަ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ ކޮމިޝަނުން އިންޓަރނަލް މައްސަލައެއްގެ ގޮތުގައި ހުށަހަޅައި ބަލާފައިވާ މައްސަލައެކެވެ.