September 25, 2017
މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން “އާރޯ”ގެ ފަރާތުން ހަތަރު ލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.
September 20, 2017
ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ) ނެޓްވޯރކް މަޝްރޫޢުގެ ދަށުން އުފައްދަން ޖެހޭ ޑިޖިޓަލް ބްރޯޑްކާސްޓިންގ ނެޓްވޯކް އޮފީސް(ޑީ.ބީ.އެން.އޯ) އުފެއްދުމާ ގުޅޭ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޕަބްލިކް ސަރވިސް މީޑިއާ މަޝްވަރާކޮށްފިއެވެ.
September 20, 2017
ބްރޯޑްކާސްޓް އަދި ރީބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް އާންމުންގެ ޚިޔާލުހޯދުމަށް ހުޅުވާލާފައިވާ ގަވާއިދުތަކުގެ ދެލިކޮޕީ ފުރިހަމަކުރުމުގެ ގޮތުން އިތުރު އިސްލާހުތައް ގެނެސްފައިވުމާއެކު، ދެވަނަ ދެލިކޮޕީ އާންމުންގެ ޚިޔާލު ހޯދުމަށް، އެފުރުސަތު ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
September 19, 2017
މިޔަންމާގެ ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ދެމުންދާ ލާއިންސާނީ އަނިޔާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުންގެ އެއްދުވަހުގެ މުސާރަ ހަދިޔާ ކުރަން ނިންމައިފިއެވެ.
August 24, 2017
ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.