April 25, 2017
މޯލްޑިވްސް ޕޮލިސް ސަރވިސްއިން 24 އެޕްރީލް 2017 (ހޯމަ) ދުވަހު ނެރެފައިވާ ނޫސްބަޔާނުގައި އަންގާފައިވާގޮތުގެ މަތިން، ތަހުގީގަށް ހުރަސްއެޅޭނެފަދަ ނުވަތަ އާންމުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކޮށްފިއެވެ.
April 20, 2017
މިއަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގެ މަސައްކަތްތަކަށް ހުރަސްއެޅޭގޮތަށް ޢަމަލުނުކުރުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
April 10, 2017
މި އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ދުވަސްވަރާ ދިމާކޮށް ބްރޯޑްކާސްޓިންގ ސްޓޭޝަންތަކުން ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރ ކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފިއެވެ.
April 1, 2017
މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މޮނިޓަރކުރުން ކުރިއަށްދާނެ ގޮތާއި އަދި އިލެކްޝަން ކަވަރޭޖާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
March 28, 2017
ޤާނުނުތަކާއި ގަވާއިދުތަކާއި ނޫސްވެރިކަމާ ގުޅޭގޮތުން ހެދިފައިވާ ގައިޑްލައިންތަކަށް ނޫސްވެރިން ކަމޭ ހިތުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަޞޭހަތްތެރިވެއްޖެއެވެ.