ޝަކުވާ ނިންމިގޮތުގެ ބަޔާން


ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-02/2018)

May 14, 2018

މިއީ، ހޯރަފުށި ބިޒްނެޓް ކޭބަލް ޓީވީއަށް މީޑިއާނެޓް ޑީކޯޑަރުން ދައްކާ ޗެނަލްތަކާއި ވައިލެސްކޮށް ހއ. އިހަވަންދޫ ކޭބަލް ޓީވީގެ ސެޓްލިންކް ޑީކޯޑަރުގެ 80 ޗެނަލް ވެސް ބޭނުންކުރަމުން ދާތާ އެތައްދުވަހެއް ވެއްޖެކަމަށާއި، ހޯރަފުށީގައި މިޗެނަލްތައް ސެޓްލިންކުން ދައްކާތީ ސެޓްލިންކްގެ އިސްފަރާތްތަކަށާއި މީޑިއާނެޓްގެ އިސްވެރިންނަށްވެސް މި ޝަކުވާ ކޮށްފައިކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (CAC-04/2018)

May 8, 2018

މިއީ ދ. ކުޑަހުވަދޫގައި ޑިޝް ޓީވީ، އެއާރ ޓެލް އަދި ވީޑިއޯކޮން މެދުވެރިކޮށް ޣަފޫރު ކެވެލި ކޭބަލް ނެޓުން ލައިސަންސެއް ނެތި، ފްރީ ޗެނަލްތަކެއް ރީބްރޯޑްކާސްޓްކުރަމުން ދާ ކަމަށް ބުނެ، 28 މާރިޗު 2018 ގައި ހުށަހަޅައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-20/2017)

April 5, 2018

މިއީ، އެޓް އޯލް ނެޓް ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ކޭބަލް ޓީވީގެ ޚިދުމަތުގައި ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުން ދާކަމަށް ބުނެ، ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ބަލައިފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-24/2017)

March 29, 2018

މިއީ، 8 ޑިސެންބަރު 2017 ދުވަހުގެ ރޭ 22:02 އިން 22:05 އަށް ސަންގު ޓީވީ އިން ގެނެސްދިން “ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާ” ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙައްމަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަބުރުފުޅަށް ހުތުރުވާ ގޮތަށް ތުހުމަތު ތަކެއް ކޮށް، އަވަގުރާނަ ގޮވާފައިވާ ކޮންޓެންޓް ސަންގު ޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާކަމަށް ބެލެވޭތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.

ޝަކުވާ ނިންމި ގޮތުގެ ބަޔާން (IMCAC-21/2017)

March 27, 2018

މިއީ، ނޯތްޒޯން ޕްރައިވެޓް ލިމިޓެޑުން ޅ. ނައިފަރުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެމުންދާކަމާއި، ދިވެހި 7 (ހަތެއް) ޗެނަލްގެ އިތުރުން 80 (އަށްޑިހަ) އާ ގާތްކުރާ އަދަދަކަށް ބޭރުގެ ޗެނަލް ރީބްރޯޑްކާސްޓްކުރަމުންދާކަމަށް ބުނެ ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.