ޚަބަރު


ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔަރކުރެއްވި މަސްޢޫދު ޢަލީއާ، ބްރޯޑްކާސްޓިން ކޮމިޝަނުން ބައްދަލުކުރައްވައިފި

March 2, 2014

ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދާއިރާގައި ފާހަގަވެގެންދިޔަ ކުޅަދާނަ ޕްރެޒެންޓަރެއްގެ ގޮތުގައި 20 އަހަރު ދުވަހު ޚިދުމަތްކޮށްދެއްވުމަށްފަހު ރިޓަޔަރކުރެއްވި މަސްޢޫދު ޢަލީއާ، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ބައްދަލުކުރައްވައިފި އެވެ.

ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދީފި

February 27, 2014

ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދޫކުރުމުގެ އާއްމު ޝަރުތެއްކަމުގައިވާ، ފާއިތުވީ އަހަރުގެ އަހަރީ ރިޕޯޓް ހުށެހެޅުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓަންގ ކޮމިޝަނުން ހަނދާންކޮށްދީފިއެވެ.

އޭ.އައި.ބީ.ޑީ އިން ހިންގާ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ބްރޯޑްކާސްޓިންގައި ކޮމިޝަނުން ބައިވެރިވެއްޖެ

February 25, 2014

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޯ ބްރޯޑްކާސްޓިނގ ޑިވެލޮޕްމަންޓް (އޭ.އައި.ބީ.ޑީ) އިން 24-25 ފެބުރުއަރީ ގައި މެލޭޝިއާގައި ހިންގާ “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ބްރޯޑްކާސްޓް ޓްރެއިނިންގ” ގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޕްލޭނިންގ ޕްރޮޖެކްޓްސް ޑިރެކްޓަރ އައިޝަތު ޝާހީން ބައިވެރިވެއްޖެއެވެ.

އެއްވެސް ފަރާތެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް އަންގައިފި

February 13, 2014

އެއްވެސް ފަރާތެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް ދި އެފް.އެމް ޕްލަސް އާއި ދިޓީވީ އަށް އަންގައިފި

February 12, 2014

ދި އެފް.އެމް ޕްލަސް އާއި ދިޓީވީން މިއަދު ހެނދުނު ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގުގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓްކޮށްފައިވާތީ، އެ މައްސަލަ ކޮމިޝަނުން ބަލައި ނިމެންދެން މި ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އެ ދެ ސްޓޭޝަނަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އަންގައިފިއެވެ.